ބަޔަކަށް ކަމު ނުދިޔަޔަސް "102 ނޮޓް އައުޓް" ބެލުންތެރިން ބަލައިގެންފި

ބޮލީވުޑްގެ ސުޕާ ސްޓާ އަމީތާބު ބައްޗަން އާއި ރިޝީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "102 ނޮޓް އައުޓް" އިން ކުއްލި ކުރި އެރުމެއް ހޯދަން ފަށައިފި އެވެ. މި ފިލްމު ބެލުމަށް ފަހު ރިވިއު ލިޔާ ގިނަ ނޫސްވެރ...

07 May 2018 | 01:21

ބޮލީވުޑްގެ ސުޕާ ސްޓާ އަމީތާބު ބައްޗަން އާއި ރިޝީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "102 ނޮޓް އައުޓް" އިން ކުއްލި ކުރި އެރުމެއް ހޯދަން ފަށައިފި އެވެ.

މި ފިލްމު ބެލުމަށް ފަހު ރިވިއު ލިޔާ ގިނަ ނޫސްވެރިންވެސް ވަނީ ފިލްމު ކަމު ނުދާ ކަމަށް ބުނެ ރިޕޯޓުކޮށްފައި އެވެ. އެހެންވެ ބެލެވިފަ އޮތީ އާންމުންނަށްވެސް ފިލްމު ކަމު ނުދާނެ ކަމަށެވެ. ފިލްމު ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

އެ ދުވަހު ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.52 ކްރޯޑް ރުޕީސް އެވެ. އެކަމަކު ހޮނިހިރު ދުވަހު ވަނީ 5.53 ކްރޯޑް ރުޕީސް އާމްދަނީގެ ގޮތުގައ ލިބިފަ އެވެ. އެއީ 57 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

އެ ފަރާތްތަކުން ބުނީ ނޫސްވެރިންގެ ރިވިއުއާއި ގުޅިގެން ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް ކުރިން ބެލެވުނު ކަމަށެވެ. އެކަމަކު އެމީހުންގެ ބަސްތައް ތަރުޖަމާ ކޮށްދިނީ ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު އިތުރުވުން ކަމަށް ބުނެފައިވެ އެވެ.

އުމޭޝް ޝުކްލާ ޑައިރެކްޓު ކޮށްފައިވާ "102 ނޮޓް އައުޓް" ގައި ފެނިގެންދަނީ އުމުރުން 75 އަހަރުގެ ރިޝީ ކަޕޫރާއި 102 އަހަރުގެ އޭނާގެ ބައްޕަ އަމީތާބު ބައްޗަންގެ ދިރިިއުޅުމުގައި ދިމާވާ މަޖާ އަދި ހިތާމަވެރި ކަންތައްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް