ކައުންސިލްތަކަށް ހޮވުނު ގިނަ އަމިއްލަ ކެންޑިޑޭޓުންނަކީ ޕީޕީއެމް ކެންޑިޑޭޓުން: މޫސާ ޒަމީރު

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވުނު ގިނަ އަމިއްލަ ކެންޑިޑޭޓުންނަކި ޕީޕީއެމް އަށް ނިސްބަތްވާ ކެންޑިޑޭޓުންކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވ...

07 May 2017 | 15:19

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވުނު ގިނަ އަމިއްލަ ކެންޑިޑޭޓުންނަކި ޕީޕީއެމް އަށް ނިސްބަތްވާ ކެންޑިޑޭޓުންކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރު ޕީޕީއެމްގެ ފަރާތުން ބޭއްވުނު ޚާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

ޒަމީރު ވިދާޅުވީ ޕީޕީއެމް ތެރޭގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ބައިބައި ވި ގިނަ ކެންޑިޑޭޓުން މިފަހަރު ކުރިމަތި ލާފައިވާނީ އަމިއްލަ ގޮތަށް ކަމަށާއި އޭގެ ތެރެއިން ގިނަ ކެންޑިޑޭޓުން ހޮވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީވެސް ޕިޕީއެމް އަށް ނިސްބަތްވާ ކެންޑިޑޭޓުންކަމަށްވެސް ވިދާޅުވި އެވެ.

މި ޕްރެސް ކޮންފަރެންސްގައި އިތުރަށް ވާހަކަ ދައްކަމުން ޒަމީރު ވަނީ އިންތިހާބުތަކާއި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާއި އެއްވެސް ވަރެއްގެ ގުޅުމެއް ނޯންނާނެ ކަމަށްވެސް ބުނެފަ އެވެ.

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި  އެންމެ ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް