މިއީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް ލިބުނު ނަސްރެއް: މައުމޫން

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ގުޅިފައިވާ އިދިކޮޅު ހަތަރު ޕާޓީއަށް ބޮޑު ނަސްރެއް ލިބިފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ކައ...

07 May 2017 | 09:45

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ގުޅިފައިވާ އިދިކޮޅު ހަތަރު ޕާޓީއަށް ބޮޑު ނަސްރެއް ލިބިފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު އެމްޑީޕީ ވަނީ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރަންޖެހޭ 22  ގޮނޑިގެ ތެރެއިން 20 ގޮނޑި ކާމިޔާބުކޮށްފައި އެވެ. އަދި ބޮޑެތި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ދަނީ އިދިކޅު ފަރާތްތަކުން ކާމިޔާބު ކުރަމުންނެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގައުމު ކުރިޔަށް ނެރެންޖެހޭ ކަމަށެވެ. އަދި ނަތީޖާއިން ފެނިގެން އެ ދިޔައީ ހައްގަށް މާތް ﷲ  ދެއްވި ނަސްރެއް ކަމަށެވެ.

މައުމޫން ވިދާޅުވެފައިވަނީ  ކުރިޔަށް އޮތް ތަނުގައި ހަތަރު ޕާޓީން ވެސް މަސައްކަތް ކުރާނީ ގައުމުގެ ކަންކަން އިސްލާހު ކުރުމަށެވެ.

https://twitter.com/maumoonagayoom/status/861080615189307392?ref_src=twsrc%5Etfw&ref_url=https%3A%2F%2Fmihaaru.com%2Fnews%2F16918

މައުމޫން ވަނީ އިއްޔެ އިންތިހާބުގެ ކުރިން އެމަނިކުފާނު ތާއީދު ކުރައްވަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ހާމަކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް