ބޯކޯ ޙަރާމުން ރަހީނުކުރި 82 ދަރިވަރަކު ތިން އަހަރު ފަހުން މިނިވަންކޮށްފި

މީގެ ތިން އަހަރުކުރިން ބޯކޯ ޙަރާމުން ރަހީނުކުރި ނައިޖީރިއާގެ ސުކޫލެއްގެ 276 ދަރިވަރުންގެ ތެރެއިން 82 ކުއްޖަކު މިއަދު މިނިވަންކޮށްފި އެވެ. އެކުދިން މިނިވަންކޮށްފައިވަނީ ނައިޖީރިއާ ސަރުކާރުގެ ބެލުމުގެ ދ...

07 May 2017 | 07:36

މީގެ ތިން އަހަރުކުރިން ބޯކޯ ޙަރާމުން ރަހީނުކުރި ނައިޖީރިއާގެ ސުކޫލެއްގެ 276 ދަރިވަރުންގެ ތެރެއިން 82 ކުއްޖަކު މިއަދު މިނިވަންކޮށްފި އެވެ.

އެކުދިން މިނިވަންކޮށްފައިވަނީ ނައިޖީރިއާ ސަރުކާރުގެ ބެލުމުގެ ދަށުގައިތިބި ބޯކޯ ޙަރާމްގެ ހަނގުރާމަވެރިން ދޫކޮށްލުމަށް އެއްބަސްވުމުންނެވެ. ނަމަވެސް ސަރުކާރުން މިނިވަންކުރީ ކިތައް ހަނގުރާމަވެރިން ކަމެއް ނައިޖީރިއާގެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

"ޗިކްބޮކް ގާލްސް"ގެ ނަމުން މަޝްޙޫރުވެފައިވާ އެ ކުދިން ރަހީނުކުރުމާއި ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އޭރު ކަންބޮޑުވުން ފާޅުކޮށް، ޝޯޝަލް މީޑިއާގައި ވަރަށް ގިނަ ކެންޕެއިންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މިހާރު އެ 82 ކުދިން ތިބީ ނައިޖީރިއާގެ ދިފާޢީ ބާރުގެ ހިމާޔަތުގެ ދަށުގަ އެވެ.

ބޯކޯ ޙަރާމުގެ އަތްދަށުގައި އަދި 195 އަންހެން ކުދިން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް