ފްރާންސްގެ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރު ފަށައިފި

ފާރާންސުގައި މިއަދު އެ ޤައުމުގެ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ. ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި 11 ކެންޑިޑޭޓުންނާއި ވާދަކޮށްގެން ކުރި ހޯދި ދެ ކެންޑިޓޭޓުން ކަމުގަ...

07 May 2017 | 07:27

ފާރާންސުގައި މިއަދު އެ ޤައުމުގެ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ.

ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި 11 ކެންޑިޑޭޓުންނާއި ވާދަކޮށްގެން ކުރި ހޯދި ދެ ކެންޑިޓޭޓުން ކަމުގައިވާ އެމަނުއެލް މެކްރޮން އަދި މެރިން ލީ ޕެން އެވެ.

ފްރާންސްގެ ގަޑިން ހެނދުނު އަށެއް ޖެހިއިރު ވޯޓުލުންފަށައި ފްރާންސާއި ބޭރުގެ އެކި ޤައުމުތަކުގައި ތިބި އެޤައުމުގެ ރައްޔިތުން މިހާރުދަނީ ވޯޓުލަމުންނެވެ. ވޯޓުލުން އެޤައުމުގެ ގަޑިން ރޭގަނޑު އަށެއް ޖަހަންދެން ވޯޓުލުން ކުރިއަށް ދާނެއެވެ. ވޯޓުލައި ނިމުމާއެކު ނަތީޖާ ގުނަން މިރޭ ފަށާނެ އެވެ.

މެކްރޮންއަކީ ވިޔަފާރީ ވެރިއެކެވެ. މީގެ ކުރިން އޭނާއަކީ ބޭންކުތަކުގައި އިންވެސްޓުކުރާ ބޭފުޅެކެވެ. އަދި މެރިންއަކީ ފްރާންސުގައި ރައްޔިތުންގެ ޙައްޤުތަކަކަށް ވަރަށް ގިނައިން ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް