ހިކި މީހުންނަށް ފްރާންސްގައި މޮޑެލް ނުކުރެވޭ ގޮތް ހަދައިފި

ސިއްޙަތު ރަގަޅު ނޫން މާ ހިކިކޮށް ތިބޭ މޮޑެލުންނަކީ އާއްމުގޮތެއްގައި ގިނަ ފެޝަން ޝޯތަކުން ފެންނަ ބައެކެވެ. އެހެންނަމަވެސް ފްރާންސް އިން ވަނީ މާ ހިކިކޮށް ތިބޭ މީހުންނަށް މޮޑެލް ނުކުރޭ ގޮތަށް ގަވައިދެއް ...

07 May 2017 | 07:15

ސިއްޙަތު ރަގަޅު ނޫން މާ ހިކިކޮށް ތިބޭ މޮޑެލުންނަކީ އާއްމުގޮތެއްގައި ގިނަ ފެޝަން ޝޯތަކުން ފެންނަ ބައެކެވެ.

އެހެންނަމަވެސް ފްރާންސް އިން ވަނީ މާ ހިކިކޮށް ތިބޭ މީހުންނަށް މޮޑެލް ނުކުރޭ ގޮތަށް ގަވައިދެއް ހަދާފައި އެވެ..

އެ ޤައުމުގައި މޮޑެލަކަށް ވާން ބޭނުންވާ މީހަކު ޖެހޭނީ އޭނާގެ ސިއްޙަތު ރަގަޅުކަން އަންގައިދީ، އިސްކޮޅާ ބަރުދަން އެއްވަރެއްގައި ހުރިކަން އަންގައިދޭ ޑޮކްޓަރުގެ ސެޓްފިކެޓެއް ހުށަހަޅަން ކަމަށް އެ ޤައުމުން ވަނީ ހާމަކޮށްފަ އެވެ.

މިހާރު ހެދިފައިވާ ގަވާއިދުގައި އެ ދާއިރާއަށް މީހުން ނެގުމުގައި ތިބޭނީ ޑޮކްޓަރުންނެވެ. ޑޮކްޓަރުން އެ މީހަކީ ރަގަޅު ސިއްޙަތުގައި ހުރި މީހެއްކަން ހާމަކުރުމުން އޭނާއަށް މޮޑެލަކަށް ވުމުގެ ފުރުސަތު ބޮޑުވީ އެވެ.

އެ ޤައުމުގެ ހެލްތް މިނިސްޓްރީއިން ހާމަކުރާގޮތުގައި އެ ގަވައިދުގެ ބޭނުނަމީ ސިއްޙަތު ރަގަޅު މޮޑެލުންތަކެއް އިންޑަސްޓްރީއަށް ތަޢާރަފު ކުރުމެވެ.

ފްރާންސުން ހަދާފައިވާ މި ގަވާއިދާ ޚިލާފުވާ މީހުން 75،000 ޔޫރޯއިން ޖޫރިމަނާ ކުރެވި ގިނަވެގެން ހަ މަހަސް ޖަލަށް ލެވޭނެ އެވެ..

މި ފަދަ ގަވާއިދެއް ހަދާފައިވަނީ ފްރާންސްން އެކަންޏެއް ނޫނެވެ. އިޓަލީއާއި، ސޕެއިންއާއި،އިސްރާއީލުންވެސް ވަނީ މި ގަވާއިދު ހަދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް