ދަރިފުޅު މަރުވީ 1994ގައި، ހިތް ހުއްޓުނީ މިއަހަރު

29 ސެޕްޓެމްބަރ 1994 ވަނަ ދުވަހުގެ ރޭ އެމެރިކާގެ ހަތްއަހަރުގެ ނިކޮލަސް ގްރީން ގެ ގަޔަށް ބަޑިޖަހާ މަރާލައިފައިވިޔަސް އޭނާގެ ހިތް ހުއްޓިފައި ވަނީ މިއަހަރުގަ އެވެ. ގްރީން އާއިލާ ޗުއްޓީއަށް އުތުރު އިޓަލީއަ...

07 May 2017 | 06:05

29 ސެޕްޓެމްބަރ 1994 ވަނަ ދުވަހުގެ ރޭ އެމެރިކާގެ ހަތްއަހަރުގެ ނިކޮލަސް ގްރީން ގެ ގަޔަށް ބަޑިޖަހާ މަރާލައިފައިވިޔަސް އޭނާގެ ހިތް ހުއްޓިފައި ވަނީ މިއަހަރުގަ އެވެ.

ގްރީން އާއިލާ ޗުއްޓީއަށް އުތުރު އިޓަލީއަށް ދިޔައީ ކުރިއަށް ދިމާވާން އޮތް ކަންތައްތަކުގެ އެއްވެސް ހިލަމެއް ނުވެ އުފަލުގައެވެ. އެހެންނަމަވެސް ކަންތައްވެގެން ދިޔައީ އެ އާއިލާއިން ހީކުރިހާ އުފާެރި ގޮތަކަށެއް ނޫނެވެ. މި ޗުއްޓީގެ ނަތީޖާއަކަށްވީ ހަތްއަހަރުގެ ދަރިފުޅާ ވަކިވުމެވެ.

ނިކޮލަސް ގްރީންގެ ބައްޕަ ރެގް ގްރީން އޭނާގެ ދަރިފުޅު މަރުވި ރޭގެ ހާދިސާ އެމެރިކާގެ މީޑިޔާތަކާ ހިއްސާކުރަމުން ހާމަކުރިގޮތުގައި އޭނާއަށް ކުޑަނަމަވެސް ނުރައްކާތެރިކަމެއް އިހްސާސް ވާންފެށީ އެމީހުން ދިޔަ ކާރުގެ ފަހަތުން ކަޅު ކާރެއް އައިސް މަޑުކޮށްލުމުން ކަމަށެވެ.

އެމީހުންގެ ފަހަތުގައި އިރުކޮޅަކަށް މަޑުކޮށްލުމަށްފަހު އެ ކާރު އޯވަރ ޓޭކް ކުރުމަށް މަސައްކަތް ކުރުމުން އޭނާ އަށް ބިރުވެރިކަން ފިލައި ހިތްހަމަޖެހުން ލިބުނުކަމަށްވެސް ރެގް ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އޯވާރ ޓޭކް ކުރުމުގެ ބަދަލުގައި އެ ކާރު އެމީހުންނާ އެއްވަރަށް ދުއްވަން ފެއްޓުމުން އޭނާ އެ ކާރަށްވުރެ ބާރަށް ދުއްވަން އުޅުމުން އެމީހުން ބަޑި ޖެހި ކަމަށް އޭނާ ބުންޏެވެ.

ފަހަތައް އެނބުރި ބެލިއިރު ދެދަރިންވެސް ތިބީ ނިދާފައި ކަމަށް އެދެމީހުން ހީކުރިނަމަވެސް ކާރު މަޑުކޮށްލުމަށްފަހު ރަގަޅަށް ބަލައިލުމުން ނިކޮލަސްގެ ކޮށްކޮ ނިދާފައި ވީނަމަވެސް އޭނާ ވަނީ އެ ވަޒަނުގެ ޝިކާރައަކަށްވެފައިކަން އެމީހުންނަށް އެނގުނެވެ.

ދަރިފުޅުގެ ބޮލަށް ވަޒަނަ އަރައިފައި ހުރުމުން ދަރިފުޅުގޮވައިގެން ކައިރި ހޮސްޕިޓަލަށްގޮސް ވީހާވެސް އަވަހަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރިކަމަށް ރެގް ވަނީ ހާމަކޮށްފަ އެވެ.

ނިކޮލަސް އަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ކޯމާއަށް ދިޔަ ކަމަށާއި އޭނާ ދެން ހޭއަރާނެ ކަމުގެ އެއްވެސް އިތުބާރެއް ޑޮކްޓަރުން ދީފައި ނުވާކަމށްވެސް ރެގް ވަނީ ބުނެފައެވެ. ހޭއަރާނެ ކަމުގެ އުއްމީދު ނެތްކަމުން ދެން ދެމަފިރިން ނިންމީ ދަރިފުޅުގެ ނަމުގައި ރަގަޅު ކަމެއްކުރުމަށެވެ.

އެގޮތުން އެމީހުން ނިންމީ ނިކޮލަސް މަރުވުމުން އޭނާގެ ހުރިހާ ގުނަވަންތަކެއް އެފަދަ ގުނަވަންތަކަށް ބޭނުން ޖެހިފައިވާ މީހުންނަށް ދިނުމަށެވެ. މިގޮތުން ނިކޮލަސް ގެ ހިތް ދީފައިވާ އެންޑްރިއަރ މޮންގިއަރޑޯ މި ދުނިޔެއާއި އަލްވަދާއު ކިޔާފައިވަނީ މިއަހަރުގަ އެވެ.

މި ފަދަ ގޮތަކަށް އެ އާއިލާއިން ކަންތައް ކުރެއްވުމުން އިޓަލީގެ 120 ވުރެ ގިނަ ތަނެއްގެ ނަން ވަނީ ނިކޮލަސްގެ ނަމުން ނަން ދީފަ އެވެ.

ގްރީން އާއިލާއަށް ދިމާވި މި ހިތްދަތި ހާދިސާ ގެ މައްޗަށް ބިނާކޮށް 1998ގައި "ދަ ނިކޮލަސް އިފެކްޓް" ގެ ނަމުގައި ވަނީ ފިލްމެއްވެސް ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް