އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ދިނުން މެދުކަނޑާލައިފި

2017ވަނަ އަހަރުގެ އެއްބަސްވުން އެކުލެވެންދެން އާސަންދައިގެ ޚިދުމަތް ދިނުން މެދު ކަނޑާލައިފި ކަމަށް އާސަންދަ ޕވލޓ އިން ހާމަކޮށްފި އެވެ. މިރޭ ނެރުނު ބަޔާނެއްގައި އެ ކޮމްޕެނީއިން ހާމަކުރިގޮތުގައި "އާސަން...

07 May 2017 | 05:51

2017ވަނަ އަހަރުގެ އެއްބަސްވުން އެކުލެވެންދެން އާސަންދައިގެ ޚިދުމަތް ދިނުން މެދު ކަނޑާލައިފި ކަމަށް އާސަންދަ ޕވލޓ އިން ހާމަކޮށްފި އެވެ.

މިރޭ ނެރުނު ބަޔާނެއްގައި އެ ކޮމްޕެނީއިން ހާމަކުރިގޮތުގައި "އާސަންދަ ސްކީމް" މެނޭޖްމެންޓު ބޯޑުން ނިންމާފައިވާ ނިންމުން ކަނޑައަޅާފައިވާ ތާރީހަށް ތަންފީޒުކުރުމުގެ ގޮތުން ސާރކިއުލާރ މުއްދަތު އިތުރުކޮށް 2016 ވަނަ އަހަރު ވެފައިވާ ޚިދުމަތްދިނުމުގެ އެއްބަސްވުންތަކުގެ ދަށުން އަމިއްލަ ތަންތަނުން ޚިދުމަތް ދިނުން މިއަދުން ފެށިގެން ހުއްޓާލަނީ އެވެ.

"އާސަންދަ ސްކީމް" ހިންގުމުގެ އުސޫލުތައް މުރާޖާ ކުރެވެމުންދާތީ މިއަހަރުގެ އެއްބަސް ވުން އެކުލަވާލެވެންދެން 29 ޑިސެމްބަރު 2016ގެ ސާރކިއުލާއިން ވަނީ އެއަހަރު އެކުލަވާލެވިފައިވާ އެއްބަސްވުމާ އެއްގޮތަށް މެދުނުކެޑި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގާފައި ކަމަށްވެސް އެ ކޮމްޕެނީއިން ނެރުނު ބަޔާނުގައި ވެއެވެ.

މިއަދުން ފެށިގެން އަމިއްލަ ތަންތަނުން މި ޚިދުމަތް ކަނޑާލި ކަމުގައި ވިޔަސް އެނދުމަތިކޮށް ފަރުވާ ދެމުންދާ މީހުނަށް ދެވޭ ފަރުވާ ނިމެންދެން ކުރިއެކޭވެސް އެގޮތަށް އާސަންދަ ސްކީމް ގެ ދަށުން ޚިދުމަތް ލިބިގެން ދާނެކަމަށްވެސް އާސަންދައިން ވަނީ ބުނެފަ އެވެ.

މާދަމާއިން ފެށިގެން އަމިއްލަ ތަންތަނުގައި އެނދުމަތި ކޮށްފައިވާ މީހުންގެ ތަފްސީލު 24 ގަޑިއިރު ތެރޭގައި އެ ކުންފުންޏާ ހަވާލުކުރުމަށްވެސް ވަނީ އެބަޔާނުގައި ހާމަކޮށްފަ އެވެ.

އަމިއްލަ ތަންތަނުން މި ޚިދުމަތް ކެނޑުނު ކަމުގައި ވިޔަސް ސަރުކާރުގެ ހޮސްޕިޓަލުތަކުން މި ޚިދުމަތް ކުރިއެކޭވސް އެއްގޮތަށް ލިބެމުން ގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް