މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މެޖޯރިޓި އިދިކޮޅު އެމްޑިޕީ ކާމިޔާބު ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލަށް 13 ކައުންސިލަރުން ހޮވާއިރު އައްޑު ސިޓީ ކައުންސިލަށް ހަތް ކައުންސިލަރުން ހޮވަނެ އެވެ. އަދި ފުވައްމުލަކު އަތޮޅު ކައުންސިލަށް ތިން ކައުންސިލަރުން ހޮވާނެ އެވެ.
މިހާތަނަށް އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން އައްޑޫ ސިޓި ކައުންސިލްގެ ހަތް ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައި އެވެ. މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި ކަށަވަރުވެފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭއިރު ވަގުތީ ނަތީޖާ ދައްކާގޮތުން ދެ ދާއިރާ ކާމިޔާބު ކުރީ އެމްޑީޕީންނނެވެ. އަނެއް ދާއިރާ ކާމިޔާބު ކުރީ ޕީޕިއެމް އެވެ.
މީގެ އިތުރުން ވަގުތީ ނަތީޖާ ދައްކާގޮތުން އަތޮޅު ކައުންސިލްތަކުގެ މެޖޯރިޓީވެސް ނަގާފައި އެވެ. ރަށު ކައުންސިލްތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ގިނަ ގޮނޑިތަކެއް އަމިއްލަ ކެންޑިޑޭޓުންނާއި ވެރިކަން ކުރާ ޕީޕީއެމްއިން ވެސް ދަނީ ކާމިޔާބު ކުރަމުންނެވެ.
މިއަދު ކުރިޔަށް ގެންދިޔަ ކައުންސިލް އިންތިހާބުގެ ވޯޓުލުމަށް ފަހު ގިނަ ވޯޓު ފޮށިތަކެއްގެ ވަގުތީ ނަތީޖާ ދަނީ އިއުލާނު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް