ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރަން ފެށޭނެ: އީސީ ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރަން ފެށޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެ...

07 Apr 2019 | 09:35

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރަން ފެށޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން އީސީން ތައްޔާރުވަމުން އަންނައިރު، މީޑިއާތަކުން ގެނެސްދީފައިވާ ނަތީޖާތަކަށް ބަލާއިރު 60 އަށްވުރެ ގިނަ ގޮނޑި އެމްޑީޕީން ވަނީ ނަގާފައެވެ. މިއީ މިހާތަނަށް މަޖިލިސް އިންތިހާބެއްގައި އެމްޑީޕީއަށް މިވަރުގެ ބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ލިބިފައިވީނަމަވެސް ބައި ލައްކަ އަށްވުރެ ގިނަ މީހުން ވޯޓު ލާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް