ލަ ލީގާގައި ރޭ ބާސެލޯނާއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފިއެވެ.
މި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު ދިހަ މިނެޓުގައެވެ. މި ގޮތުން ފުރަތަމަ ގޯލް ބާސެލޯނާއަށް ލުއިސް ޝުއަރޭޒް ކާމިޔާބުކޮށްދީފައިވަނީ 85 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ގޯލް މެސީ ކާމިޔާބު ކޮށްފައިވަނީ 86 ވަނަ މިނެޓުގައެވެ. މި މޮޅާއިއެކު ބާސެލޯނާއިން ވަނީ 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ. މި މެޗުގެ 28 ވަނަ މިނެޓުގައި އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާއަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން އެޓީމުން މެޗު ކުޅެފައިވަނީ 10 ކުޅުންތެރިންނާއިއެކުގައެވެ.
ރޭގެ މެޗުގައި މެސީ ވަނީ އާ ރެކޯޑެއް ގާއިމް ކޮށްފައެވެ. މި ރެކޯޑަކީ ލަ ލީގާގައި އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިޔާގެ ރެކޯޑެވެ. ރޭގެ މޮޅާއިއެކު މެސީވަނީ ލަ ލީގާގައި 335 މޮޅު ހޯދާފައެވެ. ކުރިން މި ރެކޯޑު އޮތީ ރެއާލް މެޑްރިޑްގެ ކުރީގެ ކީޕަރު އައިކާ ކަސިލަސް އަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް