ބުންޑަސްލީގާގައި ރޭ ބަޔާން މިޔުނިކާއި ބްރޯޝިއާ ޑޯޓްމަންޑް ބައްދަލު ކުރި މެޗު ބަޔާން މިޔުނިކް ކާމިޔާބުކޮށްފިއެވެ.
މި މެޗު ބަޔާން ކާމިޔާބު ކޮށްފައިވަނީ 0-5 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައި މެޓްސް ހަމެލްސްއެވެ. ދެވަނަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކުރިއިރު ތިންވަނަ ލަނޑު 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ހާވިއާ މާރޓިނޭޒްއެވެ. ހަތަރުވަނަ ގޯލް 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ސާޖް ގްނަބްރީއެވެ. މެޗުގެ ފަހު ގޯލް ކާމިޔާބު ކޮށްފައިވަނީ 89 ވަނަ މިނެޓުގައި ލެވަންޑޮސްކީއެވެ.
މި މޮޅާއިއެކު އެއް ޕޮއިންޓުގެ ލީޑަކާއިއެކު ބަޔާންވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް