މެމްބަރުން ފައިސާގައި ޖެހޭނަމަ ހަމަކުރައްވާ، މިހުރީ ފިޔަވަޅު އަޅަން ތައްޔާރަށް: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ނަވާރަވަނަ ދައުރަށް މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހި ނޫސ...

07 Apr 2019 | 05:47

ރައްޔިތުންގެ މަޖިލީހުގެ ނަވާރަވަނަ ދައުރަށް މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހި ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ބިޔަ ޒިންމާ ހަނދާން ކޮށްދެއްވައިފިއެވެ.

އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ހަވާލުކުރި މަސައްކަތް ކުރަމުންގެންދަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އަދާކުރައްވަން ޖެހޭނެ ބަޔަކީ ނޫސްވެރިން ކަމަށެވެ.

"ފާރަވެރިވޭ، އެއްވެސް މެމްބަރަކު ފައިސާގައި ޖެހިއްޖެ ކަމުގައި ވަންޏާ ހާމަކުރައްވާ، މަޑުން ނުތިއްބަވައްޗޭ، އަޅުގަނޑު މިހުރީ ފިޔަވަޅު އަޅަން ތައްޔާރަށް" ރައީސް ސޯލިހް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ސަރުކާރުގައި ތިވެންވާނީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި ނޫން ނަމަ ސަރުކާރުން ޖާގައެއް ނޯންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ގައުމުގެ ރައްޔިތުން އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. ސަރުކާރުން ތިބީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް މަސައްކަތްކުރަން ތައްޔާރަށް ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން އެމަނިކުފާނު ހޮއްވެވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި ރައްޔިތުން އެދުނު އެދުން ތަންފީޒު ކުރުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް