ވެލިގާ ހާޑްވެއާގެ "ދިހައެއްވީ ޕްރޮމޯޝަން" ފަށައިފި

ވެލިގާ ހާޑްވެއާއަށް ދިހަ އަހަރު ފުރުމާއި ގުޅުވައިގެން "ދިހައެއްވީ ޕްރޮމޯޝަން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. ވެލިގާގެ ހުރިހާ ފިހާރަތަކެއްގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ވިޔަފާރި...

07 Apr 2018 | 11:44

ވެލިގާ ހާޑްވެއާއަށް ދިހަ އަހަރު ފުރުމާއި ގުޅުވައިގެން "ދިހައެއްވީ ޕްރޮމޯޝަން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވެލިގާގެ ހުރިހާ ފިހާރަތަކެއްގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ގުރުއަތުގައި ބައިވެރިވެވެ އެވެ. އަދި ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބެ އެވެ.

މި ޕްރޮމޯޝަނަކީ އެއް ލައްކަ ރުފިޔާގެ އަގު ހުރި އިނާމު ހުށަހެޅިފައިވާ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަންގެ މުއްދަތުގައި އެ ކުންފުނީގެ ފިހާރަތަކުން ކުރާ ވިޔަފާރިއަށް 25 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާގެ ވައުޗާއެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ވައުޗާއެއް ލިބޭނެ އެވެ. އަދި ތިން ވަނައަށް ދާ ފަރާތަކަށް 5،000 ރުފިޔާގެ ވައުޗާއެއް ލިބޭނެ އެވެ. ވެލިގާ ހާޑްވެއާއިން ބުނީ މި ވައުޗާތައް ބޭނުން ކޮށްގެން އެ ކުންފުނީގެ ހުރިހާ ފިހާރައަކުން ބޭނުން އެއްޗެއް އަގު ހަމަވަންދެން ގަނެވޭނެ ކަމަށެވެ.

މި އިނާމުތަކުގެ އިތުރުން ޕްރޮމޯޝަން ކުރިޔަށް ދާ މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 2،000 ރުފިޔާގެ ވައުޗާއެއް ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހާޑްވެއާ ސާމާނު ވިއްކުމަށް ރާއްޖޭގައި އެންމެ މަޝްހޫރު ފިހާރަތަކުގެ ތެރޭގައި ހިމެނޭ ވެލިގާ ހާޑްވެއާއިން ވަނީ 10 އަހަރު ފުރުމާއި ދިމާކޮށް ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުން ކުރެވޭ ޒަމާނީ ސާމާނު ވިއްކާ ފިހާރައެއް "ބްލަންކް" ގެ ނަމުގައި މާލޭގައި ހުޅުވާފައި އެވެ. މީގެ އިތުރުން ވެލިގާއިން ދަނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ހާޑްވެއާ ސާމާނު ރާއްޖެ ގެނެސް ވިއްކަމުންނެވެ.

އަލަށް ހުޅުވި "ބްލަންކް" އާއި އެކު މާލެ އާއި ހުޅުމާލޭގައި އެ ކުންފުނީގެ ހަ ފިހާރަ މިހާރު ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް