ޗައިނާއިން ރާއްޖެއަށް ނުފޫޒު ފޯރުވާތީ ކަންބޮޑުވޭ: އެމެރިކާ

ޗައިނާގެ ނުފޫޒު ރާއްޖޭގައި އޮތް މިންވަރާއި މެދު އެމެރިކާއިން ކަންބޮޑުވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ. އެމެރިކާގެ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްްޓްއ...

07 Apr 2018 | 07:35

ޗައިނާގެ ނުފޫޒު ރާއްޖޭގައި އޮތް މިންވަރާއި މެދު އެމެރިކާއިން ކަންބޮޑުވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ. އެމެރިކާގެ

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްްޓްއޭޝިއާ ޖޯ ފެލްޓާ މިހެން ވިދާޅުވީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުއެގައި އެވެ. އޭނާ ވިދާޅުވީ ރާއްޖެ އޮތީ އެ ގައުމާއި އިންޑިއާ ކަންބޮޑުވާ ފަދަ ހާލަތެއްގައި ކަމަށެވެ.

ޖޯ ފްލެޓާ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދާއި ޕެސިފިކް ކަނޑުގެ ސަރަހައްދަކީ ހުޅުވާލެވިފައި އޮތް މިނިވަން ސަރަހައްދަކަށް ވާން އެމެރިކާ ބޭނުންވާ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ހިންގާ ބައެއް ހަރަކާތްތަކާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

"އެއީ އިންޑިއާގެ ބެކްޔާޑް. އަހަރެމެންނަށް އިނގޭ އިންޑިއާއިން އެއީ އިންޑިއާއިން ކަންބޮޑުވާކަމެއްކަން. އެހެންވީމާ ރާއްޖޭގެ ހާލަތަކީ އަހަރެމެން ކަންބޮޑުވާކަމެއް. އެކަން ވަމުންދާ ގޮތް އަހަރެމެން ބަލާނަން. އެއީ އަހަރެމެންގެ ޑިފެންސް ސްޓްރެޓެޖީގައި އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަމެއް،" ފެލްޓާ  ވިދާޅުވި އެވެ.

ފެލްޓާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާއިން ރާއްޖޭގެ ބިންތައް އަތުލަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅުވައިގެން ސުވާލުކުރުމުންނެވެ.

އެކަމަކު، ޗައިނާ އިން ބިންތައް އަތުލަމުންދާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކުރެ އެވެ. އަދި ޗައިނާ އަށް ރަށްތަކެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަ ވެސް ސަރުކާރުން ދޮގުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް