"ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ" ގެ ނަމުގައި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަނެއްކާވެސް ކުންފުންޏެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުންޏަކީ ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް ހަރުދަނާ ކުރުމަށް ރައީސް ޔާމީންގެ ގަރާރަކުން އުފެއްދެވި ކުންފުންޏެއް ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުންޏަކީ އިގްތިސާދަށް އަންނަ ބަދަލުތައް ދެނެގަނެ އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށެވެ. އިންވެސްޓްމަންޓްތަކުގެ ފައިދާ އިތުރު ކުރުމާއި ރާއްޖެއަށް އިސްލާމިކް ފައިނޭންސާއި ފައިނޭޝިއަލް ޕްރޮޑަކްޓްތައް އިތުރު ކުރުމަކީ އެ ކުންފުނީގެ މަގުސަދެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސްމާލަކީ 10 ރުފިޔާގެ 500،000 ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ފަސް މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ ބޯޑު މެންބަރުން އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ މަހުވެސް ރައީސް ޔާމީން ވަނީ އާ ކުންފުންޏެއް އުފައްދަވާފައި އެވެ. އެއީ ތިލަފުށި ކޯޕަރޭޝަން (ޓީސީއެލް) އާއި ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އެއްކޮށްލައިގެން އުފެއްދި "ގްރޭޓަ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް" ކިޔާ ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް