އިޓަލީ ފަތުރުވެރިޔާ ނެގަޓިވް ވުމުން ވ. ތިނަދުއަށް އަރާފޭބުން ހުޅުވާލައިފި

އިޓަލީ ފަތުރުވެރިޔާ ނެގަޓިވް ވުމުން ވ. ތިނަދުއަށް އަރާފޭބުން ހުޅުވާލައިފި ވ. ތިނަދޫއިން ކޯވިޑް-19 (ކޮރޯނާ ވައިރަސް) އަށް ޝައްކު ކުރެވިގެން އެކަހެރި ކުރި އިޓަލީ ފަތުރުވެރިޔާގެ ޓެސްޓް ނެގަޓިވް ވުމުން ވ....

07 Mar 2020 | 10:59

އިޓަލީ ފަތުރުވެރިޔާ ނެގަޓިވް ވުމުން ވ. ތިނަދުއަށް އަރާފޭބުން ހުޅުވާލައިފި

ވ. ތިނަދޫއިން ކޯވިޑް-19 (ކޮރޯނާ ވައިރަސް) އަށް ޝައްކު ކުރެވިގެން އެކަހެރި ކުރި އިޓަލީ ފަތުރުވެރިޔާގެ ޓެސްޓް ނެގަޓިވް ވުމުން ވ. ތިނަދޫއަށް އަރާފޭބުން ހުޅުވާލައިފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފައިވަނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތުގެ #ކޯވިޑް19 ގެ ޓެސްޓްވަނީ ނެގަޓިވްވެފައި ކަމަށެވެ.  ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ބުނެފައިވަނީ މިކަމާގުޅިގެން ވ. ތިނަދޫ ގެ “ކޮންޓެކްޓް ޓްރޭސިންގ" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތްކަމަށް އަންގާ ކަމަށެވެ.

ތިނަދުއަށް އަރާ ފޭބުން ހުލުވާލި ނަމަވެސް ކުރެއްދޫ ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓުން އެކަހެރި ކޮށްފައިވާ ފަރާތްތަކުގެ ޓެސްޓް ތަކުގެ ނަތީޖާ އަދި އިއުލާނު ކޮށްފައެއް ނުވެއެވެ. އެ ދެ ރިސޯޓް އަދިވެސް ވަނީ ވަގުތީ ގޮތުން "ލޮކް ޑައުން" ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް