24 ގަޑިއިރު ވިޔަފާރި ކުރުމަށް އިތުރު ދެތަނަކަށް ހުއްދަ ދީފި

މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ ކެފޭއަކަށާއި ފިހާރަ އަކަށް  ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ 24 ގަޑިއިރު ...

07 Mar 2019 | 14:56

މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ ކެފޭއަކަށާއި ފިހާރަ އަކަށް  ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދިނީ އެކްސްޕްރެސް މާޓް ފިހާރަ ( ވިލިމާލެ ފެރީ ޓާރމިނަލް ޝޮޕް) އަށާއި ވީއެވަރ ކެފޭ ( އަމީނި މަގުގައިހުންނަ ފޫޑް ކޯޓް ބްލޮކް ނަމްބަރ 1234) އަށެވެ.

މިހާތަނަށް ހަ ފަރާތަކުން މި ޚިދުމަތުގެ ހުއްދަ އަށް އެދިފައިވާއިރު ފިހާރައަކަށް މި ހުއްދަ ދިން މީ ފުރަތަމަ ފަހަރެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ، ހޮޓާތަކާއި، ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދެވޭ ސަރަހައްދުތައް ކަނޑަ އަޅާފައެވެ. އެ ސަރަހައްދު ތަކަކީ މާލޭގެ ބޮޑެތި މަގުތަކުގައި ހުންނަ ތަންތަނެވެ.

މިނިސްޓްރީން ބުނީ، އެ ހުއްދަ ދޭ އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ.

24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް