ހައްޖު ކޯޕަރޭޝަންގެ ޗެއާމަނަކަށް ކިނާންއަތް އައްޔަނުކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް މިއަދު މުހައްމަދު ކިނާންއަތް ހަމަޖައްސައިފި އެވެ. ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރި މުހައްމަދު ކިނާންއަތް އަކީ ނިއުޒިލޭންޑުގެ، ވި...

07 Mar 2019 | 12:41

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް މިއަދު މުހައްމަދު ކިނާންއަތް ހަމަޖައްސައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރި މުހައްމަދު ކިނާންއަތް އަކީ ނިއުޒިލޭންޑުގެ، ވިކްޓޯރިއާ ޔުނިވާސިޓީން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ މިމަގާމަށް އައްޔަން ކުރީ ޕްރައިވަޓިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންނެވެ.

މުހައްމަދު ކިނާންއަތު އަކީ މީގެ ކުރިން ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންގެ ޓެކްނޮލޮޖީގެ ޑީންގެ މަގާމުގެ އިތުރުން ވިލާ ކޮލެޖުގެ ޑައިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ގައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރުމުގެ އިތުރުން ރައީސް އޮފީހުގައިވެސް އެބޭފުޅާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް