ހެލިކޮޕްޓަރެއްގެ އެހީގައި ހާލުބޮޑު ބަލި މީހަކު މިއަދު މާލެ ގެނައުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފިއެވެ.
އެމްއެންޑީއެފުން ބުނީ ބަލިމީހާ ގެންނަނަނީ ގއ. ވިލިގިލީ އަތޮޅު ހޮސްޕިޓަލުންކަމަށެވެ. އެމީހާ މާލެ ގެންނަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށްކަމަށް އެމްއެމްއެންޑީއެފުން ބުނެއެވެ. އެހެން ނަމަވެސް ބަލިމީހާގެ ބައްޔާއި އަދި ޒާތީ އެއްވެސް މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ.
ހެލިކޮޕްޓަރު ޖެއްސުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 17:00 ގައި އުސްފަސްގަނޑު ހެލިޕެޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް