ދިހަ އަންހެން ބޭފުޅުންނަށް ރެހެންދި އެވޯޑު ލިބިއްޖެ

ގައުމީ ހިދުމަތުގައި އަންހެނުންކުރާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް ދިހަ އަންހެންބޭފުޅުންނަށް ލިބިއްޖެއެވެ. ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު މާފުށީ...

07 Mar 2019 | 08:53

ގައުމީ ހިދުމަތުގައި އަންހެނުންކުރާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް ދިހަ އަންހެންބޭފުޅުންނަށް ލިބިއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑުތައް ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުއެވެ.

މިއަހަރު ރެހެންދި އެވޯޑު ލިބުނު ނުވަ ފަރާތަކީ:

  • އާމިނަތު މުހައްމަދު، ދަފްތަރު ނަމްބަރު 3204: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
  • މަރިޔަމް ޝިފްޒާން، މ. ހިޔާލީގުލްޝަން: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާ ނުވަތަ ޓްރެޑިޝަނަލް ރޯލްސް ދާއިރާ
  • އާއިޝަތު ނާޒިމާ، ހ. ކެޔޮ: އިޖްތިމާއީ ދާއިރާ
  • މުއުމިނާ އާދަމް، ގ.ހާފްސީ: އިޖްތިމާއީ ދާއިރާ
  • އާއިޝަތު ލޫބާ، ހުޅުމާލެ ފްލެޓް/ 02-03-122: އިޖްތިމާއީ ދާއިރާ
  • ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން: އެމްޕްލޯޔާސް ދާއިރާ
  • އާމިނަތު އަޒްކާ އާދިލް، ދިގުވާނޑު ރޭވަން، ޏ. ފުވައްމުލައް: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާ ނުވަތަ ޓްރެޑިޝަނަލް ރޯލްސް ދާއިރާ
  • އާއިޝަތު ޝިރުހާނާ، ހ. ބޮންތި: އިޖްތިމާއީ ދާއިރާ
  • އަމީނާ އަލިކަލޭފާނު، އަތިރީގެ، ގދ.ގައްދޫ: އިގްތޮސޯދީ ދާއިރާ
  • ނަސްރީނާ އަލީ، ދަފްތަރު ނަމްބަރު 3257: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ

މިދިޔަ އަހަރު ރެހެނދި އެވޯޑު ދީފައިވަނީ ތިން ބޭފުޅަކަށެވެ. މި އެވޯޑު ދޭންފެށީ 2014 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް