ސިވިސް ސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި، މުސާރައާއި އެކުގައި ހަމަސް މިއަދުން ފެށިގެން ލިބޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު މާފުށީގައި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންވެ.
އެމަނިކުފާނު މިއަދު ކުރި ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ކޮންމެ ފިރިހިނަކަށް ޕެޓާނިޓީ ލީވްގެ ގޮތުގައި މިއަދުން ފެށިގެން މުސާރައާއިއެކު 1 މަސް ލިބިގެންދާނެ ކަމަށެވެ.
https://twitter.com/ibusolih/status/1103547958971183104
މެޓާނިޓީ ލީވްގެ ގޮތުގައި ކޮންމެ ސިވިލް ސާވިސް އަންހެނަކަށް ހަ މަސްދުވަސް، އަދި ޕެޓާނިޓީ ލީވްގެ ގޮތުގައި ކޮންމެ ސިވިލް ސާވިސް ފިރިހިނަކަށް 1 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް