ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އައިޖީއެމްއެޗް ގައި ފަރުވާ ދިނުމަށްފަހު، އަނބުރާ މާފުށީ ޖަލަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުން އެމަނިކުފާނު އައިޖީއެމްއެޗް އިން ދޫކޮށްލާފައިވަނީ މިއަދު ހެނދުނު 9.00 ގައެވެ. އެމަނިކުފާނު އެޑްމިޓް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު، ހިތުގެ ޑޮކަޓަރުގެ ލަފާގެ ދަށުންނެވެ. އެމަނިކުފާނު އެޑްމިޓް ކުރީ 24 ގަޑިއިރަށް ނަމަވެސް، ދޫކޮށްލާފައިވަނީ ތިން ދުވަސް ފަހުންނެވެ.
ޔާމީން ހައްޔަރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މަނީ ލޯންޑަރިންގެ މައްސަލައިގައެވެ. ޝަރީއަތް ނިމެންދެން ޔާމީން ހުރީ ރިމާންޑް ޖަލެއްގައި ހައްޔަރުކޮށްފައެވެ.
މިއީ ހައްޔަރު ކުރިފަހުން އެމަނިކުފާނު ޑޮކްޓަރަށް ދައްކަން ގެނެވުނު ދެވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް