ބެންކް އޮފް މޯލްޑިވްސްގެ އަންހެން މުވައްޒަފުންނަށް މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑް، އެކުންފުނީގެ ފަރާތުން، އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހިލޭ ދޭން ނިންމައިފިއެވެ.
މިއަދު ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަކީ، އަންހެނުންނަށް ގެނެސްދެވޭ ބަދަލެއްގެ ގޮތުގައެވެ. އެހެންކަމުން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް މީގެ ފަހުން ހިލޭ ޕެޑު ލިބޭނެ ކަމަށެވެ.
https://twitter.com/bankofmaldives/status/1103542856508039168
މިސަރުކާރުންވެސް ވަނީ ޕެޑުން ޓެކްސް ނެގުން ހުއްޓާލާފައެވެ. އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް