2019 ވަނަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިމްތިހާނުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި، ފައިސާ ބަލައިގަތުން 2019 މާރިޗު 10 އިން ފެށިގެން 2019 މާރިޗު 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން އިއުލާނު ކޮށްފިއެވެ.
އެ ޑިޕާޓްމަންޓުން ބުނީ އެޕްލިކޭޝަން ފޯމާއި ޕީޝީޓު އެ ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބޭނެކަމަށެވެ.
ފޯމު ދޫކުރުމާއި ފޯމު ޗެކު ކުރުން އަދި ފައިސާ ބަލައިގަތުން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން 13.30 ގެ ނިޔަލަށެވެ. ފޯމު ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ އެއް ގެންނެވުމަށްވެސް އެ ޑިޕާޓުމަންޓުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް