ސްޓެލްކޯ އިން ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ބާއްވަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ބާއްވާން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ސްޓެލްކޯ އިން މިއަދު ނެރުނު އިއުލާނެ...

07 Mar 2019 | 06:48

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ބާއްވާން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، އެ ކުންފުނިން ރާއްޖެއަށް ކަރަންޓު ދޭތާ 70 އަހަރު ފުރޭތީ، އެކަމަށް ހާއްސް ލޯގޯ އެއް ފަރުމާ ކުރަން ބޭނުންވާ ކަމަށެވެ.

ލޯގޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއް ވަނަ އަށް ހޮވޭ ލޯގޯ އަކަށް 25،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް މި އިއުލާނުގައި ވެއެވެ.

ފަރުމާ ކުރާ ލޯގޯގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖެއަށް ކަރަންޓުގެ ޚިދުމަތް ދޭންފެށިތާ 70 އަހަރު ވެފައިވާކަން ހާމަކޮށްދެން ޖެހޭނެކަމަށް މި އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ. އަދި ލޯގޯގައި ހިމަނަން ވާނީ ގިނަވެގެން ތިން ކުލަ ކަމަށާއި، 3ޑީ ލޯގޯއަކަށް ވުމުގެ އިތުރުން، ލޯގޯ ހުށަހަޅާ ފައިލަކީ އެޑިޓް ކުރެވޭނެ ފައިލަކަށް ވާންޖެހޭނެކަމަށް ސްޓެލްކޯގެ މި އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މި އިއުލާނުގައި އިތުރަށް ބަޔާކޮށްފައިވަނީ، ލޯގޯ ހުށަހަޅާއިރު ސޮފްޓް އަދި ހާޑް ކޮޕީ ހުށަހެޅުމާއި، ލޯގޯ ހުށަހަޅާ ކުންފުނީގެ ޕްރޮފައިލް އާއި ރަޖިސްޓްރޭޝަން ކޮޕީ އަދި ޖީއެސްޓީ ކޮޕީ އެއް ހުށަހެޅުމަށެވެ. މީގެ އިތުރުން މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުއާމަލާތް ކުރާނެ ފަރާތެއްގެ ނަމާއި މަޤާމް އަދި ފޯނު ނަމްބަރުގެ އިތުރުން، އަމިއްލަ ފަރާތެއް ނަމަ އައިޑީކާޑު ކޮޕީއެއް ލޯގޯ އާއި އެކީގައި ހުށަހަޅަންވާނެކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 27 މާރިޗު 2019 ގެ 14.00 ގެ ކުރިން ފަރުމާކޮށްފައިވާ ލޯގޯ ސްޓެލްކޯއަށް ހުށަހެޅުމަކީ ސްޓެލްކޯގެ އެދިލެއްވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް