ދިވެހިރާއްޖޭގައި މިހާރު އޮތް ޑިމޮކްރަޓިކް ނިޒާމު ފުރިހަމަ ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ތާއީދާއި އެކު މާއްދާ4 ޝިއާރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ލިޔުން ހަވާލު ކުރުމަށް، ރޭ ދަރުބާާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ޤާނޫނު އަސާސީގެ 04 ވަނަ މާއްދާގައި އޮތީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ ޙަޤީޤީ މާނައާއި އެއީ ޖައުހަރަކީ އެއީ ކަމަށެވެ. ރައީސް މައުމޫން ވަނީ ރާއްޖޭގެ ޑިމޮކްޓިކް ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ނޫންކަމަށް ވިދާޅުވެ، އެނިޒާމްގައި އުނި ކަންތައްތަކެއް އެބަހުރިކަމަށް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް