ޔާމީންގެ ދައުވާގެ ހުކުމް އިއްވުން ކެންސަލް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރި މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލް ކޮށްފިއެވެ. ޔާމީންގެ ގާނޫނ...

07 Mar 2019 | 06:13

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރި މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ޔާމީންގެ ގާނޫނީ ވަކީލް ވިދާަޅުވީ، ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ބައެއް އިދާރީ މައްސަލަތަކާއި ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ.

ެޔާމީންގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައި ވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އެމައްސަލައިގެ ޙުކުމް އިއްވަން ތާވަލް ކުރީ މިއަދު 10:00 އަށެވެ. މިއަދު ޝަރީޢަތް ކެންސަލް ކުރިކަން ޔާމީންގެ ވަކީލުންނަށް އެންގީ ކޯޓަށް ވަކީލުން ހާޒިރުވި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

ޔާމީންގެ ބޭންކް އެކައުންޓް މިދިޔަ ޑިސެމްބަރު މަހު ކޯޓު އަމުރެއްގެ ދަށުން ފްރީޒްކުރީ ފުލުހުން އެދިގެންނެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ސަބަބުން އެމަނިކުފާނު ޖަލުގައި ހުންނަވާތާ މިހާރު ހަފްތާއެއް ވެއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް