ވޯޓް ފޮއްޓާއި ގުޅޭގޮތުން ޝަކުވާ ކުރަން ހުށައަޅައިފި

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮއްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލްކްޝަންސް ކޮމިޝަނުން ހުޅުވާލާއިފ...

07 Mar 2019 | 05:32

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮއްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލްކްޝަންސް ކޮމިޝަނުން ހުޅުވާލާއިފިއެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. އީސީން ބުނީ ޝަކުވާ ހުށަހަޅަން ޖެހޭނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ހަމަޖެހިފައި ވަނީ ހުރިހާ ރަށެއްގެ ވެސް ރަށު ކައުންސިލު އިދާރާއިންނެވެ. އަދި މާލޭގައިނަމަ ފޯމު ބަލައިގަންނާނީ އިންތިހާބާއި ބެހޭ މަރުކަޒުންނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 87 ދާއިރާއަކަށް 393 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މިފަހަރުގެ އިންތިހާބުގައި ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވެއެވެ. އަދި އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހަކަށް ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް