ކޮރަލް ބްލެވާޑް ފްލެޓްތައް ހުޅުމާލެއަށް ބަދަލުކުރާކަށް ނުނިމޭ- ހައުސިން މިނިސްޓްރީ

ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ކޮރަލް ބްލެވާޑް ފްލެޓްތައް ހުޅުމާލެއަށް ބަދަލުކުރަން މަޝްވަރާކުރެވިފައި ވީ ނަމަވެސް، އެ ފްލެޓްތައް އިމާރާތްކުރާ ކުންފުންޏާ އެކީ އެއްބަސްވުމަކަށް ނާދެވޭ ކަމަށް ހައު...

07 Mar 2019 | 05:23

ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ކޮރަލް ބްލެވާޑް ފްލެޓްތައް ހުޅުމާލެއަށް ބަދަލުކުރަން މަޝްވަރާކުރެވިފައި ވީ ނަމަވެސް، އެ ފްލެޓްތައް އިމާރާތްކުރާ ކުންފުންޏާ އެކީ އެއްބަސްވުމަކަށް ނާދެވޭ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

މި ފްލެޓްތައް އެޅުމަށް ހަވާލުކޮށްފައިވަނީ، ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަންއާއެވެ. މި ކުންފުނިން ވަނީ ޔާމީން ސަރުކާރުގައި އައިޖީއެމްއެޗް ގައި 25 ބުރީގެ އިމާރާތެއްވެސް އަޅާފައެވެ. މިކުންފުންނީގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްވެސް ކުރެވިފައެވެ.

މި ފްލެޓްތައް އިމާރާތްކުރަން، އައިޖީއެމްއެޗް އާއި ދިމާލުގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު ވަނީ ގިނަދުވަސްތަކެއް ވަންދެން ޓިނުޖަހައި، އެސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި އެ މިނިސްޓްރީން މިހާރު ދަނީ، އެ ފްލެޓްތައް އެޅެމަށް ބަންދުކޮށްފައިވާ ބޮޑުތަކުރުފާނު މަގު ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް