ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނުހައްގުން ފްލޭޓް ދޭން ނިންމި މީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސިޔާސީ ބޭނުމައްޓަކައި ކޮރަޕްޝަން ހިންގާފައިވާކަން ފެންނަކަންކަން ފާހަގަކުރައްވާ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ހައްގުވެރި ފަރާތްތައް ތިއްބާ ހައްގު ނޫން ބަޔަކަށް ފްލެޓު ލިބުންކަން، ފްލެޓު ލިސްޓަށް ބަލާލުމުން އެނގޭ ކަމަށް އެވެ.
ކުރީ ސަރުކާރުގައި ފްލެޓު ދިން ގޮތް ބެލުމަށް ފަހު އެކަން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ފްލެޓުތައް ބެހިގޮތާ މެދު އާންމުންގެ އެތައް ބައިވަރު ކަންބޮޑުވުމެއް ހުރިއިރު ފްލެޓު ދީފައިވަނީ އެންމެ ހައްގުވެރި ފަރާތައްކަށްތޯ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ.
ފްލެޓާއި ގުޅިގެން އާންމުންގެ ހުރި ޝަކުވާތައް އެކޮމެޓީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ވެސް ފްލެޓު ލިބިފައިވާކަން ފަޅާއަރާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް