މާގިނައިން އަލިގަދަކޮށް ފޯނު ބެލި ތައިވާނުގެ އަންހެނެއްގެ ލޮލުގައި 500 ލޯވަޅު ހެދިއްޖެއެވެ.
25 އަހަރުގެ ޗެން ބުނިގޮތުގައި އޭނާގެ ލޮލަށް ތަދުވާން ފެށިތާ ދުވަސްކޮޅެއްފަހުން ފެނުނީ ލޮލަށް ލޭއަރަން ފެށިއެވެ. އެހެންކަމުން އޭނާ ޑްކޮޓަރަކަށް ދެއްކިއެވެ. ޑޮކްޓަރު ބުނިގޮތުގައި މެދުކެނޑުމެއް ނެތި މާ އަލިގަދަކޮށް ފޯނު ބެލުމުގެ ސަބަބުން އޭނާގެ ލޮލުގެ ޓިޝޫތައް ހަލާކުވެ، ލޮލުގައި ވަނީ 500 ލޯވަޅު ހެދިފައެވެ.
ޗެން ބުނިގޮތުގައި އޭނާ އަލިގަދަކޮށް ފޯނަށް ބަލާތާ ދެއަހަރު ވެދާނެއެވެ. އަބަދުވެސް އޭނާ އުޅެނީ ފޯނު އަތައް ލައިގެންނެވެ.
ޑޮކްޓަރު ބުނިގޮތުގައި އިންސާނެއްގެ ލޮލަށް ކެތްވާނީ 300 ލޫމަންސް އެވެ. ނަމަވެސް ޗެންގެ ލޮލަށް ވަނީ ދުވާލެއްގެ މައްޗަށް 600 ލޫމަންސް ގެ އަލި އެޅިފައެވެ. ލޫމަންސް އަކީ ލޮލަށް އެޅޭ އަލީގެ މިންވަރު ދެނެގަނެވޭ މިންގަނޑެކެވެ.
ޑޮކްޓަރުން ލަފާ ދެނީ ރޭގަނޑު ބޮކި ނިވާލައިގެން ފޯނު ބޭނުން ނުކުރުމަށެވެ. އަނދިރީގައި ފޯނުގެ އަލި ލޮލަށް އެޅޭނަމަ އޭގެ ސަބަބުން ލޮލަށް ގެއްލުން ލިބޭނެ ކަމަށެވެ. އަދި ސްކްރީން އަށް ބަލާ ވަގުތު ވީހާވެސް ކުޑަ ކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް