ސިފައިންގެ ވަޒީފާއަށް ކުރިމަތިލެވޭ މުއްދަތު އިތުރު ކޮށްފި

ސިފައިންގެ ވަޒީފާއަށް ކުރިމަތި ލުމަށް ފޯމް ހުށައެޅުމުގެ މުއްދަތު މިހިނގާ މާޗް މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފިއެވެ. ބުދަ ދުވަހު ޑިފެންސް މިނިސްޓްރީގެ ފަރާތުން ނެރުނު އިއުލާނެއްގައި ބުނެފ...

07 Mar 2019 | 04:52

ސިފައިންގެ ވަޒީފާއަށް ކުރިމަތި ލުމަށް ފޯމް ހުށައެޅުމުގެ މުއްދަތު މިހިނގާ މާޗް މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފިއެވެ.

ބުދަ ދުވަހު ޑިފެންސް މިނިސްޓްރީގެ ފަރާތުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސިފައިންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު މާޗް މަހުގެ 31 ވަނަ ދުވަހުގެ ހަމައަށް އިތުއު ކޮށްފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ފަރާތުން ނެރުނު އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިފަހަރު ސިފައިންގެ ވަޒީފާއަށް ކުރިމަތި ލާން ފޯމް ހުށައަޅާއިރު، ކުށުގެ ރެކޯޑް ބަލާ ފޯމް ހުށައަޅާކަށް ނުޖެހޭނެ ކަމަށެވެ.

ސަފައިންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މިނިމިގެންދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް