ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ލުމަށް ރީރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ބޭނުންވާ އަދަދަށް ވޯޓްލުމަށް ރެޖިސްޓަރ ނުކުރުމުން ހަތަރު ޤައުމެއްގައި ބެހެއްޓުމަށް ނިންމި ހަތަރު ވޯޓް ފޮއްޓަކާއި ހަ ރިސޯޓެއްގައި ވޯޓްފޮށި ނިބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބޭނުންވާ އަދަދަށް ރީރެޖިސްޓަރ ނުކުރުމުން ވޯޓްފޮށި ނުބަހައްޓަން ނިންމާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއާއި ސިންގަޕޯރާއި ތައިލޭންޑާއި ބަނގުލަދޭޝްގައި ކަމުގައެވެ.
ބޭރު ޤައުމުތަކުގައި ވޯޓް ފޮށި ބަހައްޓާނީ 100 މީހުންނަށްވުރެ ގިނަ މީހުން ވޯޓްލުމަށް ރެޖިސްޓްރީ ކުރުމުންނެވެ. ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނީ 50 މީހުންނަށް ވުރެ ގިނައިން ވޯޓްލުމަށް ރެޖިސްޓްރީ ކުރުމުންނެވެ.
ބޭނުންވާ އަދަދަށް ވޯޓްލުމަށް ރެޖިސްޓްރީ ނުކުރުމުން ވޯޓްފޮށި ނުބެހެއްޓުމަށް ނިންމާފައިވަނީ ސޮނޭވާފުށި ރިސޯޓް
އަޔާދާ މޯލްޑިވްސްއާއި އަދާރަން ސެލެކްޓު ހުދުރަން ފުއްޓައި އަމިއްލަފުށި ރިސޯޓާއި ކިހާ މޯލްޑިވްސްއާއި ގިލިލަންކަން ފުށީގައެވެ.
މި ފޮށިތަކަށް ވޯޓްލުމަށްރީ ރެޖިސްޓްރީ ކުރި މީހުން މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެހެންތަނަކަށް ރީ ރެޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތުވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް