ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ފުލުހުންގެ ސިވިލް މުވައްޒަފަކު ހައްޔަރުކޮށްފި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ފުލުހުންގެ ސިވިލް މުވައްޒަފަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. މީޑީއާތަކަށް މައުލޫމާތުދެމުން...

07 Mar 2019 | 04:21

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ފުލުހުންގެ ސިވިލް މުވައްޒަފަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

މީޑީއާތަކަށް މައުލޫމާތުދެމުން ފުލުހުން ރޭ ބުނެފައިވަނީ އޭނާ އަތުލައިގަތީ ސްރީ ލަންކަން އެއާލައިނުން ރާއްޖެ އައިތަނުން މިދިޔަ ހޯމަ ދުވަހު ހެނދުނު 08:15 ހާއިރު ކަމަށެވެ. އަތުލައިގަތީ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މުވައްޒަފު ވަނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތުން ސަސްޕެންޑް ކުރެވިފައި ކަމަށެވެ. އަދި އެއީ ފުލުހުންގެ ޔުނީފޯމު ނާޅާ، ސިވިލް ސްޓާފެއް ކަމަށް ބުނެފައިވެއެވެ. އަދި ހުވާ ކުރި ނަމަވެސް ނުކުރި ނަމަވެސް ފުލުހުންގެ މުވައްޒަފަކަށް ވީނަމަވެސް ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް