މާލޭގައި ހިންގާ ތިން ކެފޭއަކަށް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ އިކޮނޮމިކްސް މިނިސްޓްރީއިން ދީފިއެވެ. މި ހުއްދަ ދީފައިވާކަމަށް އާންމުކުރީ ރޭގައި އިކޮނޮމިކްސް މިނިސްޓްރީއިން ކޮށްފައިވާ ޓްވީޓަކުންނެވެ.
24 ގަޑިއިރު ހިދުމަތް ދިނުމަށް އިކޮނޮމިކްސް މިނިސްޓްރީއިން ހުއްދަ ދީފައިވަނީ ހުޅުމާލެ ޓާމިނަލް ގައި ހުންނަ ސީހައުސް ކެފޭއާއި، ސޯސަންމަގުގައި ހުންނަ ސެފްރޮން ކެފޭގެ އިތުރުން ހާބަރުގައި ހުންނަ ނައިސް އެންޑް ސްޕައިސް އަށެވެ.
https://twitter.com/EconDevMv/status/1103304021505277952
އިކޮނޮމިކްސް މިނިސްޓްރީއިން ކުރިން ބުނެފައިވަނީ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ އެތަންތަން ބަލާ ޗެކުކޮށްފައިކަމަށެވެ. އަދި ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތީގެ ވިޔަފާރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް