ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުން ކުރަނީ ކޮން ތުހުމަތެއް ކަމެއް މިހާތަނަށް ބުނެދެވިފައި ނުވާ ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރިޔާޒު ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހު ހަވީރު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ އެވެ. އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދޫނިދޫއަށެވެ.
ރިޔާޒާއި ހަވާލާ ދެއްވާ އަލީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާޒު ހައްޔަރު ކުރި ފަހުން ހަފްތާއެއް ވާން ކައިރިވެފައިވާއިރު ހައްޔަރު ކުރީ ކޮން ތުހުމަތެއްގައި ކަން ފުލުހުން އޮޅުންފިލުވައިދީފައި ނުވާ ކަމަށެވެ. އަދި ހައްޔަރު ކުރި ފަހުން އެއްވެސް ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށް އަލީ ވިދާޅުވެފައިވެ އެވެ.
ދޫނިދޫގައި ރިޔާޒް ހުންނެވީ ވަރަށް ގަދަކޮށް ކަމަށާއި ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ރައްޔިތުން ސަލާމަތް ކުރަން ކަމަށް ވިދާޅުވި ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒު ހައްޔަރު ކޮށްފައިވާއިރު ކުރީގެ ސީޕީ އަހުމަދު އަރީފު އިއްޔެ ވަނީ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި އެވެ. އެކަމަކު އޭނާ ވަނީ ފުލުހުން ކުރާ ހުރިހާ ތުހުމަތަކަށް އިންކާރު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް