މަގުމަތިން ހޮޅި މަދު ކުރުމަށް ފެން ހިންދާ ނިޒާމެއް ގާއިމް ކުރަނީ

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުން ފެން ހިންދުމަށްޓަކައި މަގުމަތީގައި ނުވަތަ ޕޭވްމަންޓް މަތީގައި ހޮޅި ނާޅައި އެކަން ކުރެވޭނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމް ވެގެންދާނެ ކަމަށް ހައުސި...

07 Mar 2018 | 17:39

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުން ފެން ހިންދުމަށްޓަކައި މަގުމަތީގައި ނުވަތަ ޕޭވްމަންޓް މަތީގައި ހޮޅި ނާޅައި އެކަން ކުރެވޭނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމް ވެގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި އިމާރާތް ކުރާ ތަންތަނުން ފެން ހިންދުމަށްޓަކައި މަގުމަތީގައި އަޅާ ހޮޅިތައް މިފަހަކަށް އައިސް ވަރަށް ގިނަވެފައިވާ ކަމަށެވެ. އަދި އާންމުންނަށް އެކަމުގެ އުނދަގުލާއި ވަރަށް ބޮޑަށް ކުރިމަތި ލާން ޖެހިފައިވާ ކަމަށެވެ.

އެހެންވެ އެކަމަށް ހައްލެއް ގެނައުމަށްޓަކައި އިމާރާތް ކުރާ ތަންތަނުން ފެން ހިންދުމުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ގުޅިގެން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ހާމް ކުރައްވާފައެއް ނުވެ އެވެ.

ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމުގެ ވާހަކަ މިނިސްޓަރު ފާހަގަ މި ކުރެއްވީ މަގުމަތީގައި ހޮޅިތައް ގިނަވެ އާންމުންނަށް އެކަމުގެ އުނދަގުލާއި ކުރިމަތިވެ ސޯޝަލް މީޑިއާ ގައި އެކަމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަމުން ދަނިކޮށެވެ. އަދި ބައެއް އާންމުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން މިނިސްޓަރުގެ ސަމާލު ކަމަށްވެސް ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް