މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ އޮފީހަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. ފޯމް އެ އޮފީހުގެ ެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ. އޭނާ މަގާމަށް އައްޔަން ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ.
އަސްލަމް އާއި އެކު އެ ކޮމިޝަންގައި މިހާރު ހަތް މެންބަރުން ތިއްބަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް