އައިޔޫއެމްއިން ހުޅުމާލޭގައި އިމާރާތް ކުރާ ވަގުފް ބިނާގެ ބިންގާ އަޅައިފި

އިސްލާމީ ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން ހުޅުމާލޭގައި އިމާރާތް ކުރާ ވަގުފް ބިނާގެ ބިންގާ މިއަދު އަޅައިފި އެވެ. ވަގުފް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައ...

07 Mar 2018 | 16:20

އިސްލާމީ ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން ހުޅުމާލޭގައި އިމާރާތް ކުރާ ވަގުފް ބިނާގެ ބިންގާ މިއަދު އަޅައިފި އެވެ.

ވަގުފް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ ޔުނިވަސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ އިސްވެރިޔާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

"ސަނާބިލް" ގެ ނަމުގައި އަޅާ މި ބިނާ އިމާރާތް ކުރަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނު ފަރާތުގައި އެންމެ ފަހުން މީހުން ދިރިއުޅެން ފެށި ފްލެޓުތައް ކައިރީގަ އެވެ. އެޗްޑީސީން ބުނީ މި އިމާރާތް ނިމުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދީނީ ގޮތުންނާއި އެހެނިހެން ތައުލީމާއި މައުލޫމާތު ފޯރުކޮށްދޭ މަރުކަޒަކަށް އެ އިމާރާތް ވެގެން ދާނެ ކަމަށެވެ.

އައިޔޫއެމްއިން ބުނީ ސަނާބިލް އިމާރާތަކީ ހަތް ބުރީގެ އިމާރާތެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ދެތިން މަސްތެރޭ އިމާރާތުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ.

އިސްލާމިކް ޔުނިވަސިޓީން ބުނީ، އޮފީސްތަކާއި މީޓިން ރޫމްތަކުގެ އިތުރުން 300 މީހުންގެ ޖާގައިގެ ހޯލަކާއި ފުޑް ކޯޓެއް ހިމެނޭ އިމާރާތަށް 56 މިލިއަން ރުފިޔާާ ހަރަދު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް