ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ކިބައިގަ ހުންނަން ޖެހޭ ޝަރުތު ކަމަށް ހޯމް މިނިސްޓްރީން އަލަށް އެކުލަވާލި ގަވައިދުގައި ކަނޑައަޅާފައިވާ ޝަރުތުތައް އުވާލަ ދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލު ކޮށްފި އެވެ.
ހޯމް މނިސްޓްރީން އަލަށް އެކުލަވާލި ގަވަދުގައި ވާގޮތުން ނޫސް މަޖައްލާއެއްގެ އެޑިޓަަކަށް ވެވޭނީ މަދުވެގެން ފަސް އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހަކަށް ނުވަތަ ޑިގްރީއެއް އޮތް މީހަކަށެވެ. މިކަމާ ނޫސްވެރިންނާއި ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައި އެވެ.
މިއަދު ހޯމް މިނިސްޓްރީގެ ވެރިންނާއި ބައްދަލުކޮށް އެމްއެމްސީގެ މެންބަރުން އެދިވަޑައިގެންފައި ވަނީ އެ ގަވައިދު އިސްލާހުކޮށްދިނުމަ ށެވެ. އެގޮތުން އެޑިޓަރުގެ ކިބައިގަ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ޑިގްރީއެއް އޮންނަން ޖެހޭނެ ކަމަށް ބުނެފައިވާ ތަން އިސްލާހުކޮށްދީ މީޑިއާއަށް ފަސޭހަވާނެ ގޮތަކަށް ބަދަލު ކޮށްދިނުމަށް އެދިފައިވެ އެވެ.
އެ ބައްދަލުވުމުގައި އެމްއެމްސީން ހުށަހެޅި ކަންކަމާއި މެދު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު ޖަވާބެއް ދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނި ކަމަށެ އެމްއެމްސީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް