މާލެއިން ފުރައިގެން ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.
ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދިޔަ އެ ދޯނި ފަރަށް އަރާފައިވަނީ މާލެ އަތޮޅު ބޮޑު ހިތި ރިސޯޓު ކައިރީ އޮންނަ ފަރަކަށެވެ. ފަރަށް އަރާފައިވަނީ "ކީސާ" ނަމަކަށް ކިޔާ 99 ފޫޓުގެ ދޯންޏެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އެ ދޯނި ފަރަށް އަރައިގެން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 2:00 ހާއިރު އެވެ. ދޯނި ފަރަށް އެރިއިރު އޭގައި ދިވެއްސަކާއި ދެ ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ. އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެ ދޯނި ފުން ކުރުމުގެ މަސައްކަތް ސިފައިންނާއި ދޯނީގެ ވެރިފަރާތުން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް