ނަވްދީޕް ސިންގެ ކުރިޔަށް ނިކުންނަން އޮތް ހިސްޓޯރިކަލް ޑްރާމާ " ރެހެނާ ހޭ ތެރެ ދިލް މޭ" އިން ސައިފް އަލީ ޚާން އާއެކު ފެނިގެންދިޔުމަށް ހަމަޖެހިފައިވާ އާރު.މާދަވަން ވަނީ އެޕްރޮޖެކްޓުން މިހާރު ވަކިވެފައެވެ.
ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރި އޮޕަރޭޝަނަކަށްފަހު އެކްޝަން ސީންތަކާ ދުރުގައި ދެމަސްދުވަހު ހުރުމަށް ޑޮކްޓަރުން އިރުޝާދުދީފައިވާތީ މާދަވަން އަށް ވަނީ އެފިލްމުގެ ޕްރޮޖެކްޓުން ވަކިވާން ޖެހިފައެވެ. ސައިފް އާއެކު މިމަސްތެރޭ ރާޖިސްތާންގައި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު މާދަވަން އަށް އަނިޔާވެފައިވަނީ ޖިމް ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
" އަހަންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި.އެހެންކަމުން ކުރިޔަށް އޮތް ދެމަސްދުވަހު އެއްވެސް ކަހަލަ ފިލްމު ޝޫޓިންއަކަށް އަހަންނަކަށް ނުދެވޭނެ. މުޅިން އަރާމްކުރުމުގައި މިއުޅެނީ." މުމްބާއީ މިރޯ އަށް ދީފައިވާ އިންޓަރވިއުއެއްގައި މާދަވަން ބުނެފައިވެއެވެ. މީގެއިތުރުން މިލިބުނު އަނިޔާ އާއި ގުޅިގެން ފިލްމުކުޅުމާ ދުރުގައި ހުންނަ ޖެހުމުން ސައިފް އާއެކު ފިލްމު ކުޅުމަށް ލިބުނު ފުރުސަތު ގެއްލުމުން މާދަވަން ހުރީ ވަރަށް ދެރަވެފައެވެ. އެކަމާގުޅޭގޮތުން މާދަވަން ބުނީ އެފިލްމަކީ އޭނަ ވަރަށް ބޮޑަށް ކުޅެން ބޭނުންވެފައި ހުރި ފިލްމެއްކަމަށާއި މި ލިބުނު އަނިޔާއާއެކު އެފުރުސަތު ގެއްލުމުން ވަރަށް ހިތާމަކުރާކަމަށެވެ. އެޓީމާއެކު މަސައްކަތްކޮށްލަން ވަރަށް ބޭނުންވާކަމަށް މާދަވަން ވަނީ ބުނެފައެވެ.
މިފިލްމުގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު މުމްބާއީ އާއި އުއްތަރ ޕްރަދޭޝްގައިވެސް މިފިލްމުގެ ޝޫޓިންގތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް