އަރީފަށް ކުރާ ތުހުމަތު ތަކަށް އިންކާރު ކުރައްވައިފި

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކަށް އޭނާ އިންކާރު ކުރައްވައިފި އެވެ. ފުލުހުން އިއްޔެ އަރީފު ދިރިއުޅުއްވާ އެޕާޓްމަންޓު ބަލާ ފާސް ކުރުމަށް ފަހު ހައްޔަރު ކުރ...

07 Mar 2018 | 04:18

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

ފުލުހުން އިއްޔެ އަރީފު ދިރިއުޅުއްވާ އެޕާޓްމަންޓު ބަލާ ފާސް ކުރުމަށް ފަހު ހައްޔަރު ކުރީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެވެ. އެކަމަކު އިއްޔެ އެ ގެ ބަލާ ފާސްކޮށްގެން އެއްވެސް ހެތްކެއް ފުލުހުން ގެންގޮސްފައެއް ނުވެ އެވެ.

އަރީފުގެ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ ދޫނިދޫގައި އޭނާ އާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އަރީފު މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އަރީފު ހުންނެވީ ހެޔޮ ހާލުގައި ކަމަށާއި އެދިވަޑައިގެންނެވީ ގާނޫނާއި އެއްގޮތަށް އަމަލު ކުރެއްވުންމަތީ ދެމި ތިއްބެވުމަށް ކަމަށެވެ.

https://twitter.com/ibriffath/status/971094888006615040

ފުލުހުން އަރީފު ހައްޔަރު ކޮށްފައިވާ އިރު އަރީފުގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައި އެވެ.

ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ސީޕީގެ މަގާމުން ވަކި ކުރުމަށް ފަހު އެވެ. އެ މަގާމުން އަރީފު ވަކިކުރީ ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އިސްވެރިން އޭނާ އާއި ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށް އަރީފު މަގާމުން ވަކި ކުރެއްވިކަން އިއުލާނު ކުރައްވަމުން އެރޭ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި އެވެ.

ކުރީގެ ސީޕީ އަރީފުގެ އިތުރުން ކުރީގެ ސީޕީ އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ހުންނެވީ ދޫނިދޫ  ޖަލުގައި ހައްޔަރުކޮށްފައި އެވެ. ރިޔާޒު ހައްޔަުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް