ސްރީދޭވީ މަރުވީ ފިލްމަކަށް ސޮއި ކޮށްފައި ވަނިކޮށް

ބޮލީވުޑްގެ މެގަ ސްޓާ ސްރީދޭވީ ކުއްލި ގޮތަކަށް މީގެ ދެ ހަފްތާ ކުރިން މަރުވި އިރު ފިލްމަކަށް ސޮއި ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. އޭނާ ފިލްމަކަށް ސޮއިކޮށްފައިވާ ކަން ސްރީދޭވީ މަރުވި ފަހ...

07 Mar 2018 | 04:03

ބޮލީވުޑްގެ މެގަ ސްޓާ ސްރީދޭވީ ކުއްލި ގޮތަކަށް މީގެ ދެ ހަފްތާ ކުރިން މަރުވި އިރު ފިލްމަކަށް ސޮއި ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އޭނާ ފިލްމަކަށް ސޮއިކޮށްފައިވާ ކަން ސްރީދޭވީ މަރުވި ފަހުން އެއްވެސް ޑައިރެކްޓަރަކު ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި އޭނާ ސޮއިކޮށްފައި ވަނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމަކަށެވެ.

އަދި އެ ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި އޮތީ އަންނަ އެޕްރީލް މަހުގެ ތެރޭގައި ކަމަށް ވެ އެވެ. މިކަމާ ގުޅޭގޮތުން ކަރަން އަދި އެއްޗެއް ނުބުނެ އެވެ.

ސްރީ ދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފުވާ ފުރަތަމަ ފިލްމު "ދަޑަކް" ޑައިރެކްޓު ކުރަނީ ކަރަން ޖޯހަރެވެ. ރިޕޯޓުތައް ބުނާގޮތުގައި ސްރީ ދޭވީ ސޮއި ކޮށްފައިވަނީ އެ ފިލްމުގެ ބައެއް ކުޅުމަށެވެ. އެ ފިލްމުގެ ބައެއް ކުޅުމަށް ސްރީ ދޭވީއަށް ހުށަހެޅީ ޖާންވީ އާއި އެކު އެ ފިލްމުގެ މަސައްކަތް ކުރުމަށް އެއްބަސްވިތާ ހަފްތާއެއް ފަހުން ކަމަށްވެ އެވެ.

ސްރީ ދޭވީ މަރުވީ ޗުއްޓީ އެއްގައި ދުބާއީގައި އުޅެނިކޮށް ކުއްލި އަކަށެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ އެމީހުން ތިބި ކޮޓަރީގެ ފާހާނާގެ ބާތް ޓަބް ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް