ފެނަކަ ހިންގުން ވަގުތީ ގޮތުން އެމްޕީއެލްގެ ސީއީއޯ އާއި ހަވާލުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ހިންގުން ވަގުތީ ގޮތުން އެމްޕީއެލްގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް އާއި ހަވާލުކޮށްފި އެވެ. ފެނަކައިގެ ހިންގުން އެހެން ބޭފުޅަކާއި ހަވާކު ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގ...

07 Mar 2018 | 03:31

ފެނަކަ ކޯޕަރޭޝަންގެ ހިންގުން ވަގުތީ ގޮތުން އެމްޕީއެލްގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް އާއި ހަވާލުކޮށްފި އެވެ.

ފެނަކައިގެ ހިންގުން އެހެން ބޭފުޅަކާއި ހަވާކު ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.

ހަލީމް އާއި ފެނަކައިގެ ހިންގުން ހަވާލު ކުރަން ނިންމީ އެ ކުންފުނީގެ ބޯޑުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ހަލީމް ފެނަކަ ހިންގަވާނީ އެހެން ބޭފުޅަކު އެމަގާމަށް އައްޔަން ކުރަން ދެންނެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމާ ހަލީމް ހަވާލުވެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. އޭނާ ވަނީ އޭގެ ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް