"މިއަދުގެ އުންމީދު" އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބުން: އޭޖީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ "މިއަދުގެ އުންމީދު" އަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަައިވާ އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލު ކޮށްފައިވާ ގި...

07 Feb 2020 | 16:59

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ "މިއަދުގެ އުންމީދު" އަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަައިވާ އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އިންސާފު އަވަހަށް ލިބުމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި ސިފައިން އަދި އާންމުންގެ ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ ފެބްރުއަރީ7،2012 ގައި އެވެ.

އެ ދުވަހާ ދިމާކޮށް ރިފްއަތު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިންތިގާލީ އިންސާފުގެ ބިލުގެ ބޭނުމަކީ ތެދު ހާމަކޮށް، ތަކުރާރުކޮށް، ކުށްކުރުން ހުއްޓުވައި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުން ކަަމަށެވެ. އޭނާ ވިދާޅުވީ މި ބިލު ފާސްވުމުން ނިޒާމީ ސިފައެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލައި ތަގުގީގު ކުރެވޭނެ ކަމަށެވެ.

https://twitter.com/ibriffath/status/1225695272799330305

އެމްޑީޕީ އާއި އެމްޑީޕީގެ ސަޕޯޓަރުން އަދިވެސް ގަބޫލު ކުރަނީ ނުވަތަ ސިފަ ކުރަނީ ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ބަގާވާތަކުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް