މާލޭ މަގުމަތީގައި ހުރި އަންހެނެއްގެ ގަޔަށް ކުޅު ޖެހި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރު ކުރީ34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ގަޔަށް ކުޅުޖެހީ އަޅައިގެން ހުރި ބުރުގާ އާއި މެދު ހިތްހަމަ ނުޖެހިގެންނެވެ. ކުޅުޖެހި މީހާ ހިފަހައްޓާ ފުލުހުންނާއި ހަވާލު ކުރީ އެ ސަރަހައްދުގައި ތިބި މީހުން ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް