ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓު ދިނުމަށް މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.
ވޯޓުލުން ކުރިޔަށް ގެންދަނީ މިއަދު މެންދުރު2:30 ން ހަވީރު6:00 އަށެވެ. ޕީޕީއެމްއިން ބުނީ42 ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދާނެ ކަމަށެވެ.
ކައުންސިލް އިންތިހާބަށް އެ ޕާޓީގެ ޓިކެޓު ހޯދުމަށް1100 އަށްވުރެ ފޯމް ހުށަހެޅި ކަމަށް މީގެ ކުރިން ޕީޕީއެމްއިން ބުނެފައިވެ އެވެ. އަދި މި އިންތިހާބުގައި ޕީޕީއެމްއިން ކެންޑިޑޭޓަކު ވާދަނުކުރާނީ މަދު ރަށެއްގައި ކަމަށް ބުނެފައިވެ އެވެ.
ކުރިމަތިލާން ޖެހޭ އަދަދަށްވުރެ ގިނައިން މީހުން ވާދަ ނުކުރާތީ މިއަދު ޕްރައިމަރީ ނުބާއްވާ ސިޓީ ތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް ހިމެނެ އެވެ.
ޕީޕީއެމްއިން ވަނީ މިފަހަރުގެ އިންތިހާބުގައި އެއްވެސް ޕާޓީއަކާއި އެކު ކޯލިޝަން ނަހަދަން ނިންމާފަ އެވެ. އެގޮތުން އެޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީއެންސީގެ މެންބަރުންވެސް ކައުންސިލް އިންތިހާބުގައި ވާދަކުރަން ޖެހެނީ ޕީޕީއެމް ޓިކެޓުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް