ކޮރޯނާ ވައިރަހަށް ޕޮސިޓިވްވި މީހަކު ދަތުރު ކުރަމުންދިޔަ ޖަޕާނުގެ ޑައިމަންޑް ޕްރިންސަސް ކްރޫޒް ލައިނާ ކަރަންޓީންކޮށް ޓެސްޓު ހަދަމުންދާވަރަށް އެ ބައްޔަށް ޕޮސިޓީވްވާ މީހުން އިތުރުވާން ފަށައިފި އެވެ.
އެ ކްރޫޒް ލައިނާގައި ތިބި މީހުންގެ ތެރެއިން ފުރަތަމަ ބައްޔަށް ޕޮސިޓިވްވީ އުމުރުން80 އަހަރުގެ ހޮންގް ކޮންގް ގެ ފިރިހެނެކެވެ. އެހެންވެ ޖަޕާނު ސަރުކާރުން ވަނީ އެ ކްރޫޒްލައިނާ އެއްކޮށް ކަރަންޓީންކޮށް އޭގައި ތިބި އެންމެން ބައްޔަށް ޓެސްޓު ކުރާށެވެ.
އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި ފަހުން ޖަޕާނު ސަރުކާރުން ނިންމާފައިވަނީ ކްރޫޒް ލައިނާ އިން ތިން ގްރޫޕެއް ޓެސްޓު ކުރާށެވެ. އެއީ ވައިރަހުގެ އަލާމާތްތައް ފެންނަ މީހުންނާއި ހޮން ކޮންގަށް ފޭބި މީހުން އަދި ޕޮޒިޓިވްވި ޕަސިންޖަރާ އެކު އުޅުނު މީހުން ނެވެ.
މިހާތަނަށް އޭގައި ތިބި މީހުންގެ ތެރެއިން61 މީހަކު ވަނީ ކޮރޯނާއަށް ޕޮސިޓިވްވެފަ އެވެ. ފުރަތަމަ ޓެސްޓު ކުރި30 މީހުންގެ ތެރެއިން ޕޮސިޓިވް ވެފައިވަނީ10 މީހުންނެވެ. މި އެންމެން ބޯޓުން ބާލައި ޖަޕާންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކްރޫޒްލައިނާގައި ދެން ތިބި އެންމެން ތިބީ ކެބިން ތަކުގައި14 ދުވަސްވަންދެން ކަރަންޓީން ކޮށްފައި އެވެ. އަދި އިތުރު މީހުން ދަނީ ޓެސްޓު ކުރަމުންނެވެ.
މި ކްރޫޒްލައިނާގައި ޖުމްލަ3،711 މީހުން ތިއްބެވެ. އެއީ2،666 ގެސްޓުންނާއި1،045 ފަޅުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް